ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/133/2026/1
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 10:45
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަށް

1447 ވަނަ އަހަރުގެ ރަމަޟާން މަހު ފަހުދިހައިގެ ދުވަސްތަކުގައި މި ޑިޕާޓްމަންޓުން އާންމު ރައްޔިތުންނަށް ދެމުންދާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި ދެންނެވީމެވެ.

ރަމަޟާންމަހު ރަސްމީ ބަންދު ދުވަސްތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ދުވަސްތައް

ޚިދުމަތް ދޭނެ ވަގުތު

ރަމަޟާން މަހުގެ ފަހު ދިހައިގެ 11، 15، 17 އަދި 19 މާރިޗް 2026 (4 ދުވަސް)

09:00 އިން 13:00

 

މަތީގައި ދެންނެވުނު ދުވަސްތަކުގައި އައި.ޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އޮފީސްތަކަކީ:

  1. ޑީ.އެން އާރު ހެޑް އޮފީސް، މާލެ
  2. އުމަރު ޒާހިރު ބިލްޑިންގް، ހުޅުމާލެ ފޭސް 1
  3. ވިނަރެސް ޓަވަރ 2، ހުޅުމާލެ ފޭސް 2
  4. ޑީ.އެން.އާރު ވިލިމާލެ އޮފީސް، ވިލިމާލެ

 

ނޯޓް: އިމަރޖެންސީ ހާލަތްތަކުގައި މި ޑިޕާޓްމަންޓުގެ ނަންބަރު 7280368 އަށް ގުޅުމުން އެ ޚިދުމަތް ދެވޭނެއެވެ.

03 މާރިޗު 2026