ދިވެހިރާއްޖެ
އެސްޓީއޯގެ ހޯރަފުށި ފިހާރައިން ވިއްކާ އެއަރކޯން އިންސްޓޯލްކޮށް އާފްޓަރ ސޭލްސް ސަރވިސް ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
އެސްޓީއޯ ހޯރަފުށި ފިހާރައިން ވިއްކާ އެއަރކޯން އިންސްޓޯލްކޮށް އާފްޓަރ ސޭލްސް ސަރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް: އެސްޓީއޯ ހޯރަފުށި ފިހާރައިން ކަސްޓަމަރުންނަށް ވިއްކާ އެއަރކޯން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސަރވިސް ދިނުމުގެ މަސައްކަތް
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: 2015 ޑިސެންބަރު 20 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސްޓީއޯ ހޯރަފުށި ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރާނީ 2015 ޑިސެންބަރު 21 ވަނަ ދުވަހު އީ-މެއިލް މެދުވެރިކޮށެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2015 ޑިސެންބަރު 22 ވަނަ ދުވަހުގެ 15:30 ގައި އެސްޓީއޯ ހޯރަފުށި ފިހާރަގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ޑިސެންބަރު 26 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. 2015 ޑިސެންބަރު 27 ވަނަ ދުވަހުގެ ކުރިން މި ސުވާލުތަކަށް ޖަވާބުދާރީވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ޑިސެންބަރު 31 ވަނަ ދުވަހުގެ 14:30 ގައި އެސްޓީއޯ ހޯރަފުށި ފިހާރަގައެވެ.
މަޢުުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން: 371 3344 ، 3344180
ފެކްސް: 3344633
އީމެއިލް: [email protected]