މަސައްކަތް
ނަންބަރު: (IUL)451-FP/1/2015/61
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 20 ޑިސެންބަރު 2015 11:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވެބްސައިޓް ޑިޒައިންކޮށް، މެއިންޓެއިންސް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިންސްޓިޓިއުޓުގެ ވެބްސައިޓް އިނގިރޭސި އަދި ދިވެހި ވާރޝަން ހިމެނޭގޮތަށް ޑިޒައިންކޮށް، 5 އަހަރުދުވަހަށް ހޮސްޓްކޮށް މެއިންޓެއިންސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:46/IUL)451-FP/1/2015) މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކުރަމެވެ.

ވީމާ، މިއިންސްޓިޓިއުޓްގެ ވެބްސައިޓް އިނގިރޭސި އަދި ދިވެހި ވާރޝަން ހިމެނޭގޮތަށް ޑިޒައިންކޮށް، 5 އަހަރުދުވަހަށް ހޮސްޓްކޮށް މެއިންޓެއިންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

20 ޑިސެންބަރު 2015 ވަނަ ދުވަހުގެ 11:00 އަށް

24 ޑިސެންބަރު 2015 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323242 ނަންބަރު ފޯނާއެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015