މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/79
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 20 ޑިސެންބަރު 2015 10:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ލ.ބަރެސްދޫ ތަރައްޤީ ކުރުމަށް އަރބަން ޕްލޭން ކުރާނެ ފަރާތެއް ބޭނުންވެއްޖެ

ލ.ބަރެސްދޫއަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން، އިންޓަރގްރޭޓެޑް ރިޒޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތަރައްޤީ ކުރަމުންގެންދާ ރަށެކެވެ. މި ރަށް ތަރައްޤީ ކުރުމަށް "އަރބަން ޕްލޭން" ކުރާނޭ ފަރާތެއް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 31 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015