މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/78
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި:
20 ޑިސެންބަރު 2015 13:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލ.ބަރެސްދޫގެ މަގުތައް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ
ލ.ބަރެސްދޫއަކީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން، އިންޓަރގްރޭޓެޑް ރިޒޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތަރައްޤީ ކުރަމުންގެންދާ ރަށެކެވެ. މި ރަށުގެ މަގުތައް ހެދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، ލ.ބަރެސްދޫގެ މަގުތައް ހަދައިދޭން ބޭނުންވާ ފަރާތްތަކުން 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 31 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
28 ޞަފަރު 1437
10 ޑިސެންބަރު 2015