މަސައްކަތް
ނަންބަރު: GS-88/2015/IUL/36
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 21 ޑިސެންބަރު 2015 13:15
ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ އެއްބަސްވުމުގެ މުއްދަތު 2015 ފެބުރުވަރީ 09 ގެ ނިޔަލަށް ހަމަވާތީ، އިތުރު އަހަރަކަށް (2016 ފެބުރުވަރީ 09 ން ފެށިގެން 2017 ފެބުރުވަރީ 09 ގެ ނިޔަލަށް) ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވި މީހެއްކަން އެނގޭނެ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

          މަޢުލޫމާތު ސާފުކުރެއްވުން

         އަންދާސީހިސާބު ހުށަހެޅުއްވުން

21 ޑިސެންބަރު 2015ވާ ހޯމަ ދުވަހުގެ 13:15ގައި

27 ޑިސެންބަރު 2015ވާ އާދީއްތަ ދުވަހުގެ 13:15ގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00 އަށް 6520536 ، 9839886 ނަންބަރު ފޯނާއެވެ.

13 ޑިސެންބަރު 2015