ދިވެހިރާއްޖެ
ފެލިދޫ މެޖިސްޓްރޭޓްކޯޓް ޢިމާރާތްކުރާ ބިމުގެ ބިން ސާފުކުރުމާއި، ވަށާފާރު ރޭނުން.
މިކޯޓުގެ އައު ޢިމާރާތެއް އެޅުމަށްޓަކައި މިރަށުން ދޫކޮށްފައިވާ ބިން ސާފުކުރުމާއި އެ ބިމުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު މިކޯޓުގެ ނަންބަރު: J03C/2015/15ފ(29 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތުގެ މަޢުލޫމާތުޝީޓާއި އެހެނިހެން މަޢުލޫމާތު މިކޯޓުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ފޯނުން ނުވަތަ އީމެއިލްގެ ޒަރީޢާއިން 16 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އަށް މެއިލް ކުރެއްވުމުން ނުވަތަ މި ކޯޓުގެ ނަންބަރު: 6700694 އާ ގުޅުއްވުމުން ސާފުކޮށްދެވޭނެއެވެ.
އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހަޅަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 22 ޑިސެންބަރު 2015
އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
އެއްފަރާތުން 1 އަންދާސީހިސާބަށްވުރެ ގިނަ އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތަކުގައި ހިމަނަންޖެހޭ މައިގަނޑު މަޢުލޫމާތު މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
03 ރަބީޢުލްއައްވަލް 1437