ދިވެހިރާއްޖެ
ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ދަނޑުވެރިކަން ކުރުމުގައި ޒަމާނާ އެއްގޮތަށް ބޭނުންކުރާ ފެންދޭ ނިޒާމު ޤާއިމުކޮށްދިނުމުގެ ޕްރޮގްރާމެއް 2016 ވަނަ އަހަރު 2 ރަށެއްގައި ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް އެރަށެއްގައި ހިންގައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ކޯޕަރޭޓިވްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށެވެ. މި ޕްރޮގްރާމުގެ ދަށުން ފެންދޭ ނިޒާމު ޤާއިމުކޮށްދެވޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތުން ކަނޑައަޅާ 10 ދަނޑުވެރިއެއްގެ ދަނޑުގައެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމް ހިންގާނޭ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ތިރީގައިމިވާ ކަންކަމަށެވެ.
- ދަނޑުވެރިކަން ފުޅާކުރުމަށް ބިން ލިބެންހުރި މިންވަރު
- ދަނޑުމަތީގައި ފެން ނެގޭނެ އިންތިޒާމު ޤާއިމުވެފައިހުރި މިންވަރު
- ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތް
- ހަވާލުކުރެވޭ ސިސްޓަމްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ޤާބިލުކަން ދައްކައިދީފައިވާ މިންވަރު.
- ރަށުގެ ދަނޑުބިންތައް ކައުންސިލުގެ ފަރާތުން ބަލަހައްޓަމުންދާ ގޮތް
- ދަނޑުބިމުގައި މިހާރު ފެންދޭ ނިޒާމު ޤާއިމުވެފައިހުރި މިންވަރު
ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު |
ދަނޑުވެރިކަމުގެ ޕްރޮގްރާމްގެ ނަން |
|
ރާއްޖޭގައި ވިޔަފާރިއަށް ހައްދާ ބާވަތްތައް އިންދައި ހެއްދުމުގައި އިސްރާފު ކުޑަ ވަގުތު ސަލާމަތްކުރެވޭ ގޮތަކަށް ފެންދިނުމުގެ ނިޒާމު ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައިވާތީ، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ދަނޑުތަކަށް ފަސޭހައިން ފެންދެވޭނެ ނިޒާމު ޤާއިމުކޮށް އެކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދީ މީހުން ހޭލުންތެރިކުރުވުން |
1- ފެންދޭ ނިޒާމު ޤާއިމުކުރުމުގެ ޕްރޮގްރާމް |
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
|
އެޕްލިކޭޝަންފޯމު ކައުންސިލުގެ ސިޓީއަކާއެކު ހުށަހެޅުން (އެޕްލިކޭޝަންފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ) www.fishagri.gov.mv ޚިދުމަތަށް އެދޭ ފޯމު / ދަނޑުވެރިކަމާބެހޭ ދާއިރާ |
ހުށަހަޅަންޖެހޭ ތަކެތި: |
|
ސުންގަޑި: 18 ޖަނަވަރީ 2016 ގެ 14:00 |