ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ކުނިކޮށްޓަށް ކަރަންޓް ލުމަށް ބޭނުންވެއްޖެ:
ރ.އަނގޮޅިތީމުގައި ކުނިމެނޭޖް ކުރުމަށް ހަދާފައިވާ ކުނިކޮށްޓަށް ކަރަންޓް ލުމަށް ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުއެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުންވެސް އޮންނާނީ ދެންނެވިފައިވާ ތާރީޚުގައި 13:30 ގައި ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ކޮންފަރެންސްރޫމުގައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު އައި.ޑީ. ކާޑު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި ހާޒިރުވާނަމަ އަންނަ ފަރާތުގެ އައި.ޑީ ކާޑާއި އަދި ފޮނުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއެކު ސިޓީ ގެންނަވަންވާނެއެވެ. މިމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަނީ ހަމައެކަނި ރ.އަނގޮޅިތީމުގެ ރައްޔިތުންނަށް ކަމުގައިވެސް ދަންނަވަމެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
މަސައްކަތުގެ އަގު: %90
މަސައްކަތުގެ މުއްދަތު: %5
ލިބިފައިވާ ތަޖުރިބާ: %5
03 ރަބީޢުލްއައްވަލް 1437