މަސައްކަތް
ނަންބަރު: (IUL) GS118/2015/41
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 16 ޑިސެންބަރު 2015 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
1 ފާޚާނާ މަރާމާތު ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގައި ދަރިވަރުން ބޭނުންކުރާ ފާޚާނާގެ ތެރެއިން 1 ފާޚާނާ މަރާމާތުކުރުމަށް ކުރެވުނު މަސައްކަތަށް އެކަށީގެންވާ ވަރަށްވުރެ މަދު އަންދާސީހިސާބުތަކެއް ލިބިފައިވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު IUL) GS118/2015/37) ނަންބަރު އިޢުލާނު ބާޠިލުކޮށް، މި ސްކޫލުގައި ފާޚާނާއެއް އިމާރާތްކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.     

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

16 ޑިސެންބަރު 2015 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:00

24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00

އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00 އަށް 6560570 ، 6561807 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ރަބީޢުލްއައްވަލް 1437

14 ޑިސެންބަރު 2015