ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަޠު (ވަގުތީ(
ވޭވަށު ކައުންސިލް އިދާރާގެ ބެލެހެއްޓުމުގެ ދަށުން ބަލަހައްޓަމުންދާ މަސްޖިދުލް އައްވާބި އަށާއި ހުކުރު މިސްކިތަށް ތިރީގައި އެވާ މަގާމުތަކަށް މީހުން ބޭނުންވެއެވެ.
- 1. ވަގުތީ އިމާމުން/ މުދިމުން:
|
|
|
މަގާމު: |
މުދިމު/ އިމާމް (ޕޫލް/ ވޭޖް އެންޕްލޯއިމަންޓް) |
|
ބޭނުންވާ ޢަދަދު: |
5 (ފަހެއް) |
|
ސެކްޝަން/ ޔުނިޓް: |
އިމާމް ޔުނިޓް/ މ. ވޭވަށު މިސްކިތް |
|
މަގާމު އޮތް އޮފީސް: |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް |
|
މަގާމުގެ ގިންތި: |
ކޮންޓްރެކްޓް (2 އަހަރު) |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ/ މ. ވޭވަށު މިސްކިތް (މިމަގާމްތަކުގައި ތިބޭމީހުން ވަޒީފާއަށް ނުކުންނަންޖެހޭނީ ދާއިމީ މުދިމުން/ އިމާމުން ޗުއްޓީނެގުން، ސަލާމްބުނުން، ވަޒީފާއިން ވަކިވުން ފަދަ ހާލަތްތަކުގައި ވޭވަށު ކައުންސިލް އިދާރާއިން އެންގުމުން އަންގާ ދުވަހަކައި އަންގާ ނަމާދު ގަޑިތަކުގައެވެ.) |
|
މަގާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: |
|
- · ޕޫލަށް ހޮވާ އިމާމުން/ މުދިމުންގެ (ވޭޖް އެންޕްލޯއިމަންޓް) މަގާމްގެ ތަފްޟީލް:
|
މަގާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުތު |
އެލަވަންސް (ކޮންމެ ނަމާދުވަގުތަކަށް) |
|
މުދިމު: |
ޖީއެސް 1 |
އެސިސްޓެންޓް އޮފިސަރގްރޭޑް 1 |
މަގާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއިއެކު،
|
53.00 |
|
އިމާމް: |
ޖީއެސް 3 |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގަރޭޑް 1 |
މަގާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއިއެކު،
|
61.00 |
- · އިތުރު ތަފްޞީލް:
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: (ޕޫލްލަށް މީހުންނެގުން) |
|
|
ހުށަހަޅަން ޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅާނީ 23 މާރޗް2026 ވަނަދުވަހުގެ 14:00 ގެކުރިން ވޭވަށު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަށް އީމެއިލް މެދުވެރިކޮށް ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ [email protected]އެވެ. ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއިއެކު އެންމެހާ ލިޔެކިޔުން ހުށަނާޅާ ފަރާތްތަކުގެ ފޯމް ބާޠިލް ކުރެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އިންޓަވިއު އާއި އިމްތިހާން އޮންނާނެތަނާއި މުއްދަތު: |
މި މަގާމުތަކަށް މީހުން ހޮވުމަށް އިންޓަވިއު ބާއްވާނީ މަގާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކެއް ކުރިމަތި ލުމާއި އިޢުލާނުގައިވާ ޢަދަދަށްވުރެ ގިނައިން ކުރިމަތި ލާފައިވާނަމައެވެ. އެގޮތުން ޝަރުޠު ހަމަވާ އިޢުލާނުގައިވާ ޢަދަދަށް ކުރިމަތި ލާފައިވާނަމަ އިންޓަވިއު އެއް އަދި ގުރުއާން ޓެސްޓެއް ނުބޭއްވޭނެއެވެ. އިޢުލާނުގައިވާ ޢަދަދަށްވުރެ ގިނައިން ކުރިމަތި ލާފައިވާނަމަ އިންޓަވިއު އޮންނާނީ 26 މާރޗް 2026 ވަނަ ދުވަހުއެވެ. ޝަރުތު ހަމަނުވާ ފަރާތްތަކަށް ގުރުއާން ޓެސްޓް އޮންނާނީ 31 މާރޗް 2026 ވަނަ ދުވަހުއެވެ. |
|
އިތުރު މަޢުލޫމާތު ހޯދުން: |
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 6720035 ނަމްބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. |
ވީމާ، ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 މާރޗް 2026