ދިވެހިރާއްޖެ
މި ކައުންސިލްގެ އިޢުލާނު ނަންބަރު (IUL)350-LH/350/2025/66 ބާތިލްކޮއް އަލުން އިޢުލާނުކުރަމެވެ. މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ "ބީލަން ފޮތް'' އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަމުގައި ބައިވެރިވުން
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 08 މާރިޗު 2026 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން ރަޖިސްޓޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 މާރިޗު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އީމެއިލް [email protected] އައް ލިޔުމުން ފޮނުވުމައް އެދެމެވެ. މިގޮތުން ދެވޭ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމައް ރަޖިސްޓްރީ ކޮއްފައިވާ ހުރިހާ ބީލަންވެރިންނައް އީމެއިލް މެދުވެރިކޮއް ފޮނުވޭނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހަޅާނީ 11 މާރިޗު 2026 ވާ ބުދަ ދުވަހުގެ 11:30ގައި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުށަހަޅާއިރު ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ. ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ބީލަން ހުށަހަޅަން ދުރުވާނަމަ ވިޔަފާރީގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް، ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ.
ބީލަން ފޮތުގެ ސެކްޝަން 2 ގެ 5ވަނަ ޕޮއިންޓުގައިވާ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ބީލަމުގެ އެއްވެސް ލިޔުމެއްގައި ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާނަމަ "ޕަވަރ އޮފް އެޓާރނީ" (މިއީ ކޯޓުން ދޫކުރާ ލިޔުމެއް)ގެ ކޮޕީއެއް ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ. އަދި މި ފަރާތްތަކުން ބީލަމުގެ ލިޔުމެއްގައި ސޮއިކޮށްފައިވާއިރު "ޕަވަރ އޮފް އެޓާރނީ" ބީލަމާއެކު ހުށަނާޅާނަމަ އެ ބީލަމެއް ބާތިލް ވާނެއެވެ.