މުބާރާތް
ނަންބަރު: (IUL)416-ESM&PS/416/2026/23
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 05 މާރިޗު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިތަރި މަދަޙަ މުބާރާތް 1447

މިކައުންސިލާއި، މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ބަރަކާތްތެރި ރަމަޟާން މަހުގެ ޙުރުމަތާއި އެކަށޭނެހެން އިޙްތިފާލުކުރުމަށް ރަށުގެ ކުޑަކުދިންނަށާއި، ޢާންމު ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 14 މާރިޗް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 'އަލިތަރި މަދަޙަ މުބާރާތް 1447' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މިމުބާރާތުގައި ބައިވެރިވެވޭ ކެޓަގަރީތަކަކީ:

1)      ފައުންޑޭޝަން ސްޓޭޖް

2)      ކީސްޓޭޖް 1 – (ގްރޭޑް 1، 2، 3)

3)      ކީސްޓޭޖް 2 – (ގްރޭޑް 4، 5 އަދި 6)

4)      ކީސްޓޭޖް 3 އަދި 4 – (ގްރޭޑް 7، 8، 9 އަދި 10)

5)      ސްކޫލް ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިން

6)      18 އަހަރުން މަތީގެ އުމުރުފުރާ

7)      ޤުރޫޕް މަދަހަ ހުށަހެޅުން (މުއައްސަސާތަކާއި، ޢާންމު ރައްޔިތުން)

މިމުބާރާތުގައި ބައިވެރިވެވޭނީ 05 މާރިޗް 2026 ގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުމަށްފަހު ހުށަހަޅައިގެންނެވެ.

ލިންކް:  https://forms.gle/MGQeXHjyT9Ht6NR68

މުބާރާތުގެ ބައިވެރިވާ ފަރާތްތަކުން އެފަރާތުގެ އައި.ޑީ.ކާޑު ކޮޕީ 05 މާރިޗް 2026 ވަނަ ދުވަހުގެ 14:00 ކުރިން ކައުންސިލްގެ ވައިބަރ 9356677 އަށް ނުވަތަ މެއިލް [email protected]  އަށް މެއިލްކުރަންވާނެއެވެ.

މިއިޢުލާނާއި އެކު މުބާރާތުގެ ޤަވާޢިދު ޢާންމުކުރެވިފައިވާނެއެވެ. އަދި ކައުންސިލްގެ ވެބްސައިޓުން "އަލިތަރި މަދަހަ މުބާރާތް 1447" ގެ ޤަވާއިދު ޑައުންލޯޑްކުރެވޭނެއެވެ.

 

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 މާރިޗު 2026