ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 20 އޭޕްރީލް 2026 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2026" ހުގެ މެޗްތައް ކުރިޔަށް ދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ކެންޓީން އަދި ގާޑިޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިޔަށް ދާނީ 20 އޭޕްރީލް 2026 އިން 30 އޭޕްރީލް 2026 އަށް ކެނދިކުޅުދޫ ޓާފް ފުޓުބޯޅަ ދަނޑުގައެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކެންޓީން އަދި ގާޑިޔާގެ ތަފުޞީލް:
|
އަދަދު |
ބާވަތް |
ތަން |
ތަނުގެ ބޮޑުމިން |
އެންމެ ކުޑަ އަގު |
|
2 |
ކެންޓީން |
ދަނޑުގެ އުތުރު އަދި ދެކުނު ފަރާތް |
09’x19’ |
ދުވާލަކަށް -/500ރ |
|
6 |
މޭޒު/ގާޑިޔަ |
ދަނޑުގެ ހުޅަނގު އަދި އިރުމަތީ ފަރާތް |
09’x10’ |
ދުވާލަކަށް -/200ރ |
ކުއްޔަށް ދޫކުރާތަނަށް ބޭނުންވާ ކަރަންޓް ނެގޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސައި ދެވޭނެއެވެ. ކަރަންޓް ފީގެގޮތުގައި ކޮންމެ ކެންޓީނަކަށް ދުވާލަކަށް 50ރ އަދި ގާޑިޔަލަކަށް ދުވާލަކަށް 30ރ ގެމަގުން މުބާރާތުގެ މުއްދަތަށް ޗާޖު ކުރެވޭނެއެވެ. ކެންޓީނުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ބީލަން ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ. 2 ފަރާތުން އެއް އަގެއް ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުންނެވެ. ކޮންމެ ފަރާތަކަށްވެސް ސިޓީ ހުށަހެޅޭނީ އެއް ސްލޮޓްއަށެވެ. އެއް ސްލޮޓްއަށް ވުރެއިތުރަށް އެއް ފަރާތްތަކުން ސިޓީ ހުށަހަޅާފައިވާނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ސިޓީއެއް ބާޠިލް ކުރެވޭނެއެވެ.
ބީލަން ނުވަތަ ސިޓީ ހުށަހަޅުއްވަންވާނީ ސިޓީއުރައިގާ ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކެންޓީން / ގާޑިޔާ ހިންގުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށް ފަހުގައެވެ.
ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- އަގުބަޔާންކޮށް ހުށަހަޅާ ސިޓީ (ދުވާލަކަށް ހުށަހަޅާ އަގު ވަކިން އެނގެން އޮންނަންވާނެ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ވިޔަފާރި ރަޖިސްޓްރީ ކޮޕީ
"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2026" ކުރިއަށްދާ މުއްދަތުގައި އެސަރަހައްދުގައި ކެންޓީން/ގާޑިޔާ ހިންގުމަށް، ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ ބަލައިގަތުމާއި ހުޅުވުން އޮންނާނީ 12 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ. އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ނަންބަރު 6563930 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއެކު ސަރަހައްދު އަންގައިދޭ ޗާޓް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.