ދިވެހިރާއްޖެ
(UNESCO)Madanjeet Singh Center for South Asia Water Management. Moratuwa University 2015/2016 |
||||
ޤައުމު: ސްރީލަންކާ |
ކޯހުގެ އަދަދު: 01 |
ކޯހުގެ މުއްދަތު: 01 އަހަރު |
||
މަރުކަޒު: ޔުނިވަރސިޓީ އޮފް މޮރަޓުވާ، ޑިޕާޓްމަންޓް އޮފް ސިވިލް އިންޖިނިއަރިންގ |
މާސްޓަސް އޮފް ސައިންސް އިން ވޯޓަރ ރިސޯސް އިންޖިނިއަރިންގ އެންޑް މެނޭޖްމަންޓް |
ކޯހުގެ ނަން އަދި ލެވަލް: |
||
1. ސްރީލަންކާގެ ޔުނިވަރސިޓީ އޮފް މޮރަޓުވާގެ ބެޗްލަރސް އޮފްސައިންސް އިން އިންޖިނިއަރިންގ ނުވަތަ ސެނެޓް އިން އެޕްރޫވްކުރާ މިއާ އެއްފެންވަރެއްގެ އިންޖިނިއަރިންގ ޑިގްރީއެއް ކޯހާގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ 2. ރިކޮގްނައިޒްޑް ޕްރޮފެޝަނަލް އިންޖިނިއަރިންގ އިންސްޓިޓިއުޓެއްގެ އެސޯސިއޭޓް މެމްބަރޝިޕެއް 15 ނޮވެންބަރު 2015 ގެ ނިޔަލަށް މަދުވެގެން 1 އަހަރުދުވަހު އޮތުން. އަދި 3. ބެޗްލަރސް ޑިގްރީ ފުރިހަމަކޮށްފައިވަނީ އިނގިރޭސި މީޑިއަމުން ނޫން ކަމުގައި ވަނީނަމަ TOEFL ގެ މަދުވެގެން ޕޭޕަރ ބޭސްޑް ޓެސްޓުން 500 އިން ފެށިގެން މަތި ނުވަތަ، 173 ކޮމްޕިއުޓަރ ބޭސްޑް ޓެސްޓުން ލިބިފައިވުން. ނުވަތަ، 61 އިންޓަރނެޓް ބޭސްޑް ޓެސްޓުން ލިބިފައިވުން. ނުވަތަ IELTS އިން 5.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. ނުވަތަ މިއާ އެއްފެންވަރެއްގެ އިމްތިޙާނަކުން ފާސްވެފައިވުން. މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ. 1. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 17 ޑިސެންބަރު 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި 2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ. |
ކޯހުގެ ޝަރުޠުތައް: |
|||
|
އިތުރު މަޢުލޫމާތު: |
|||
|
ހުށަހަޅަންޖެހޭ ތަކެތި: |
|||
ސުންގަޑި:17 ޑިސެންބަރު 2015(ބުރާސްފަތި) ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
||||
ކޯހަށް އެދޭ، އެޕްލިކޭޝަން ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 13:30 އަށް ވެލާނާގޭގެ 02 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341371 އިން ލިބިވަޑައިގަންނަވާނެއެވެ. |