ތަމްރީނު
ނަންބަރު: (IUL)166-schol/166/2015/148
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 22 ޑިސެންބަރު 2015 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

މިއީ މިޑިޕާޓްމަންޓުގެ އިޢުލާން ނަންބަރު schol/166/2015/142-ފ166(IUL)ފ(03 ޑިސެންބަރު 2015) ބާޠިލު ކުރުމަށްފަހު އަލުންކުރެވިފައިވާ އިޢުލާނެކެވެ.

އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު ސްކޮލަރޝިޕް 2017/2016)

ޤައުމު: އިންޑިއާ

ޖެނެރަލް ކަލްޗަރަލް ސްކޮލަރޝިޕް ސްކީމް

ސްކީމް

ކޯހުގެ އަދަދު: 15

ބެޗްލަރސް ޑިގްރީ

ލެވެލް

ސްކިލްސް ޝޯޓޭޖް ލިސްޓުގައިވާ ދާއިރާއެއް ކޯހަށް ކުރިމަތިލާ ފަރާތްތަކުން ޚިޔާރުކުރުމަށް      

ކޯހުގެ ދާއިރާ

  1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން 'އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން (ބެޗްލަރސް އޮފް އިންޖިނިއަރިންގ ކޯސްތަކަށް ކުރިމަތިލެވޭނީ އޭ.ލެވެލް ގައި ފިޒިކްސް، ކެމިސްޓްރީ އަދި ހިސާބު ހަދާފައިވާ ފަރާތްތަކަށެވެ.) އަދި
  • ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ ގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން. ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ.

2. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 15 ނޮވެންބަރު 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

   ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

   ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއް ގެ  ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

   ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

   ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

3. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދިމި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެއެވެ.

ޝަރުޠު:

  • އެމް.ބީ.ބީ.އެސް އަދި ބެޗްލަރސް އޮފް ޑެންޓަލް ސަރޖަރީ، ނާރސިންގ ފަދަ މެޑިސިން އާ ގުޅުންހުރި ކޯސްތަކަކީ މި ސްކީމުގެ ދަށުން އޮފަރކުރާ ކޯސްތަކެއް ނޫނެވެ.
  • ސައިންސްގެ ދާއިރާގެ ކޯސްތައް ހެދުމަށް ބޭނުންފުޅުވާ ކެންޑިޑޭޓުންގެ ލެބޯޓްރީ ކެމިކަލްސް އަދި އެހެނިހެން ކަންކަމަށްދާ ޚަރަދުކުރަންޖެހޭނީ އެކެންޑިޑޭޓަކު އަމިއްލައަށެވެ.
  • އެއްކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާނަމަ ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެސް.އެސް.ސީ އިމްތިޙާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައިކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުންފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކް ލިސްޓު ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓު ކުރެވޭނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅޭނީ 1 ކޯހަށެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ ހުރިހާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މިކޯސްތަކަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓު، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އަށް އަޕްލޯޑް ކުރެވޭނެއެވެ.
  • މިކޯސްތަކާބެހޭ އިތުރު މަޢުލޫމާތު އަދި ސްކިލްސް ޝޯޓޭޖް ލިސްޓު މިޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • މި ކޯސްތަކުގެ ޕްލޭސްމަންޓް ދިނުމާއި ފައިނަލް ސެލެކްޝަންގެ އެންމެފަހުގެ ނިންމުން ނިންމާނީ  އައި.ސީ.ސީ.އާރުންނެވެ.
  • މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތަކީ މިހާރު އިންޑިޔާގައި ކިޔަވަމުންދާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ.
  • މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ދަރިވަރަކީ މީގެ ކުރިން އައި.ސީ.ސީ.އާރު ސްކޮލަރޝިޕެއް ފުރިހަމަކޮށްފައިވާ ދަރިވަރަކަށް ވެގެންނުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ އަ.އިސީ.ސީ.އާރުގެ ފަރާތުންނެވެ.
  • އައި.ސީ.ސީ.އާރުގެ ދަށުން ސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް ބޭނުންވާނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕްލިމެންޓަރީ އެލަވަންސް ލޯނެއްގެ ގޮތުގައި ހަމަޖައްސައިދެވޭނެއެވެ.
  • މިސްކޮލަރޝިޕްގެ ދަށުން ދަރިވަރަށް ހަމަޖެހޭ ކޯސް، ޔުނިވަރސިޓީ/ކޮލެޖް ބަދަލެއް ނުކުރެވޭނެއެވެ.
  • ކޯހަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަނުކޮށް ދޫކޮށްލައިފިނަމަ، އެކޯހަށް ހިނގި ޚަރަދު އިންޑިއާ ސަރުކާރަށް ދައްކަންޖެހޭނެއެވެ.
  • އައި.ސީ.ސީ.އާރު ސްކޮލަރޝިޕް 2017/2016 ގެ ދަށުން ބެޗްލަރސް ޑިގްރީ ލެވަލަށް 2 ސްކީމަކުން އިޢުލާން ކުރެވިފައިވާނެއެވެ. މީގެތެރެއިން ކޮންމެ ކެންޑިޑޭޓަކަށްވެސް އެޕްލިކޭޝަން ހުށަހެޅޭނީ1ސްކީމްއަކަށެވެ. އަދި ހުށަހެޅޭނީ 1 ކޯހަށެވެ. 1 ކޯހަށްވުރެގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓްފިކެޓް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށްވާނަމަ ދެފުށުގެ ކޮޕީ ނުނަގައި އެޓެސްކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މި ޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު ޝަރުޠު ނަންބަރު 3 ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށްޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު
  • ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 22 ޑިސެންބަރު 2015 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 14:00އަށް ވެލާނާގޭގެ 2ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341325، 3341371 އިން ލިބިވަޑައިގަންނަވާނެއެވެ.

07 ޑިސެންބަރު 2015