ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2026/34
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 05 މާރިޗު 2026 13:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ސީނިއަރ އެނަލިސްޓް، ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓް

އިޢުލާނު

 

މަޤާމު:

ސީނިއަރ އެނަލިސްޓް، ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓް

މަޤާމްގެ ނަންބަރު:

J-417662

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރް 9 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ހުޅުމާލެ

ސެކްޝަން:

އެވައަރނެސް އެންޑް ޕްރޮފެޝަނަލް ސަރވިސަސް ސެކްޝަން

މުސާރަ:

13205.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

6165.00 ރުފިޔާ

އެހެނިހެން އެލަވަންސް:

 

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހާޒިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 165.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކާއި ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ކުދިންނާއި މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން އާންމުންނާއި މުޖްތަމައު ހޭލުންތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މިނިސްޓްރީގެ މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  • މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދެމުން އަންނަ އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ މައްސަލަތަކުގައި ހަރަކާތްތެރިވަމުން އަންނަ ސޯޝަލް ވާރކަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށްޓަކައި، ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.
  • މިނިސްޓްރީ އަށް ހުށަހެޅޭ އިޖްތިމާއީ މައްސަލަތަކުގެ ތަފާސް ހިސާބަށް ރިއާޔަތްކޮށް މި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ޕްރިވެންޝަން މަސައްކަތްތައް ބައްޓަން ކުރުމާއި، އެ މަސައްކަތްތަކުގެ ތެރެއިން އިސްކަންދޭންވީ ކަންކަން ތަރުތީބުކޮށް އެވައަރނެސް ޕްރޮގްރާމްތައް ހިންގުން.
  • ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކުރުމަށް ޕްލޭންތައް އެކުލަވާލުން.
  • ދިވެހި ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރުދަކަށްވެސް ވާޞިލްވެވޭނެގޮތަށް އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އަދި މައްސަލަތައް ރިޕޯޓްކުރުމުގައި ޤައިމްކޮށްފައިވާ 'ހެލްޕް ލައިން' ގެ ހޭލުންތެރިކަން މުޖުމަޢުއަށް އިތުރުކުރުމާއެކު، ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ގުޅިގެން ކުރިއަށް ގެންދެވޭނެ މަސައްކަތްތައް ދެނެގަނެ، އެމަސައްކަތްތަކުގެ ޕްލޭންއެކުލަވާލައި، ވިލަރެއްސްކުރުން.
  • ތަމްރީނު ކުރެވިފައިވާ މުވައްޒަފުންގެ އެންމެހައި ރެކޯޑުތައް ގަވާއިދުން ބަލަހައްޓާތޯ ކަށަވަރުކުރުން.
  • ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން އުނގެނުމުގައި ދަތިކަން ހުންނަ ކުދިންނަށް ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ފަރުމާކުރުން.
  • ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ ކެއަރ ވޯކަރުންނަށް ކުދިން ތަރުބިއްޔަތު ކުރުމުގައި ބޭނުންވާ ފަންނީ ލަފާއާއި އިރުޝާދުދިނުން.
  • ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ރައްކާތެރި އަޅާލާ އާއިލާއެއް ހޯދާދިނުމަށް ރަށު ފެންވަރު އަދި އަތޮޅުފެންވަރުގައި މުޖުތަމައު ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ޕްލޭންކޮށް، އެކުލަވާލައި ތަރައްޤީކުރުމާއި އެކު އެކި އެމަސައްކަތް ވިލަރެސްކުރުން.
  • ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ރައްކާތެރި އަޅާލާ އާއިލާއެއް ހޯދާދިނުމަށް ހޭލުންތެރިކުރުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓަރކުރާ ކުދިންގެ ބައިންބަފައިން އަދި އާއިލާގެ އެހެނިހެން ފަރާތްތަކަށް 'ކޮމްޕެޝަނޭޓް ޕޭރަންޓިންގ' ގެ ޕްރޮގްރާމްތައް ޕްލޭންކޮށް އެކުލަވާލައި ތަރައްޤީކުރުމާއި އެކު އެމަސައްކަތް ވިލަރެސް ކުރުން.
  • އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަގެ ވިލުންތެރިންކަން އިތުރުކޮށް، ބާރުވެރިކުރުމުގެ ޕްރޮގްރާމްތައް ޕްލޭންކޮށް، އެކުލަވާލައި ތަރައްޤީކުރުމާއި އެކު އެމަސައްކަތް ވިލަރެސް ކުރުން.
  • ދިވެހި ރާއްޖޭގައިވާ ކޮންމެ ކުޑަކުއްޖަކަށްވެސް ވާޞިލްވެވޭނެގޮތަށް އެކުންދިންނަށް އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އަދި ކުޑަކުދިންނާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ރިޕޯޓްކުރުމުގައި 'ކުޑަކުދިންގެ ހެލްޕްލައިން' ގެ ހޭލުންތެރިކަން މުޖުމަޢުއަށް އިތުރުކުރުމާއެކު، ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ގުޅިގެން ކުރިއަށް ގެންދެވޭނެ މަސައްކަތްތައް ދެނެގަނެ، އެމަސައްކަތްތަކުގެ ޕްލޭންއެކުލަވާލައި، ވިލަރެއްސްކުރުން.
  • އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ 'ސްޓެޓަޖީ' އެކުލަވާލައި ތަންފީޒުކުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް/ އޯގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ/ ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް/ ވޯރކްފޯސް އެންޑް އެޑިއުކޭޝަން ޑިވެލޮޕްމަންޓް/އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް/ ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް/ ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް/ ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން/ ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަނަލް ޓެކްނޯލޮޖީ/ކަރިކިއުލަމް ޑިޒައިން އެންޑް އިނޮވޭޝަން/ ކަރިކިއުލަމް ސްޓަޑީޒް/އެޑިއުކޭޝަން މެނޭޖްމަންޓް/ އެޑިއުކޭޝަން ލީޑަރޝިޕް/ ލީޑަރޝިޕް އިން އެޑިއުކޭޝަން/ ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން/ޓީޗަރ ލީޑަރޝިޕް/ ޗޭންޖިންގ އެޑިއުކޭޝަން/ އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ/އިންކުލޫސިވް އެޑިއުކޭޝަން/ އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން/އެޑިއުކޭޝަން އެންޓަރޕްރިނިއޮޝިޕް/އެޑިއުކޭޝަނަލް ސައިކޮލޮޖީ.ހިއުމަން ކެޕިޓަލް މެނޭޖްމަންޓް/ ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް/ ހިއުމަން ކެޕިޓަލް ލީޑަރޝިޕް/ ހިއުމަން ޓެލެންޓް މެނޭޖްމަންޓް/ ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ ހިއުމަން ރިސޯސް/ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް/ ހިއުމަން ރިސޯސް ޑެވެލޮޕްމަންޓް/ހިއުމަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން/ޕަބްލިކް ޕޮލިސީ/ޕަބްލިކް މެނޭޖްމަންޓް/މެނޭޖްމަންޓް/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/އިންޓަރނޭޝަނަލް ރިލޭޝަންސް/ ސޯޝަލް ސައިންސް/ޕޮލިޓިކަލް ސައިންސް/އެކައުންޓިންގ/ފައިނޭންސް/ކޮމާރސް/އިންޓަރނޭޝަނަލް ސައިންސް/އެންޓަރޕްރިނަރއުޝިޕް/ ޖަރނަލިޒަމް/ އިންފޮމޭޝަން ޓެކްނިލޮޖީ/ ކޮމްޕިއުޓަރ ސައިންސް/ލޯ/ޝަރިއާ/މާރކެޓިންގ/އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް/ އިކޮނޮމިކްސް/ސޯޝިއޮލޮޖީ/ސައިކޮލޮޖީ/ފޮރިންޕޮލިސީ/ޑިޕްލޮމަސީ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ތަމްރީން ދިނުމުގެ ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 މާރިޗު 2026 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected])މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު / އިމްތިޙާން/ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ 08 މަރިޗު 2026 އާއި 31 މާރިޗް 2026 އާ ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، އުމަރު ޒާހިރު އޮފީސް އިމާރާތް، ، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2ވަނަ ފަންގިފިލާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

01 މާރޗު 2026

01 މާރިޗު 2026