ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2015/125
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 20 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސީ އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުމަށްޓަކައި، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމު:

ޑްރައިވަރ

މީހުން ބޭނުންވާ ރަށްތައް:

ހއ.  ދިއްދޫ،  ހދ. ކުޅުދުއްފުށި،  ހދ. މަކުނުދޫ،  އއ. ރަސްދޫ،  ވ. ފެލިދޫ،  މ. މުލި،  ގއ. ވިލިނގިލި، ސ. ހުޅުމީދޫ

ބޭނުންވާ އަދަދު:

ކޮންމެ ރަށަކަށް 1

ކޮންޓްރެކްޓްގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް

މުސާރަ:

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/2000 ރުފިޔާ

 

އެހެނިހެން އެލަވަންސާއި އުޖޫރަ:

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު -/1757 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އާއި،  ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ފެންވަރު ނުވަތަ ޝަރުޠު:

 

1- ނެވިގޭޝަންގެ ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީން އޭ، ބީ، ސީ ލައިސަންސް ލިބިފައިވުން. ނުވަތަ؛

2- ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްހުރި މީހަކުކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން،  ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން، އެއްރަށުން އަނެއްރަށަށް ރައްކާތެރިކަމާއެކު އުފުލުން.

އާންމުކޮށް މަސައްކަތް ކުރަންޖޭ ތަން:

ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި

ސުންގަޑި:

- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މި މިނިސްޓްރީއަށް ނުވަތަ އެރަށެއް ހިމެނޭ ރަށު ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

- ސިޓީގައި، ގުޅޭނެ ފޯނު ނަންބަރު ޖަހަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް 3342967 ނަންބަރު ފޯނަށް ނުވަތަ 9708060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

26 ޞަފަރު 1437

08 ޑިސެންބަރު 2015