ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-MO/10/2026/19
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 10:50
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅުމާލެ ޖަލުގެ ޔުނިޓު 5 ގެ ވިންގު 1 ގެ ސެލް 1 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައެޅުން
އިޢުލާން
ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުޅުމާލެ ޖަލުގެ ޔުނިޓު 5 ގެ ވިންގު 1 ގެ ސެލް 1 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި 25 ފެބަރުވަރީ 2026 ގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިޖަލުތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ދަށުން ހިނގާ ޖަލުތަކެއްކަން އަންގަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި، އިޢުލާން ކުރީމެވެ.
01 މާރިޗު 2026