ކުއްޔަށް ދިނުން
ނަންބަރު: (IUL)381-A/381/2026/19
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 09 މާރިޗު 2026 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރު ސަރަހައްދުން ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިމުގައިވާ އިމާރާތްތައް ކުއްޔަށް ދޫކުރުން

އިޢުލާން

ކުޑަހުވަދޫ ބަނދަރު ސަރަހައްދުން ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިމުގައިވާ އިމާރާތްތައް ކުއްޔަށް ދޫކުރުން

ދ. ކުޑަހުވަދޫ ބަނދަރު ސަރަހައްދުން، ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު B154 ނަންބަރު ބްލޮކުގައިވާ  3 އަދި 4 ނަންބަރު ޖަހާފައިވާ ޢިމާރާތްތައް 20 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، އިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ. 

ރަޖިސްޓްރީކުރުން؛ 

ރަޖިސްޓްރީކުރުން އޮންނާނީ 26 ފެބުރުވަރީ 2026 ން 08 މާރިޗު 2026 ވަނަ ދުވަހުގެ  13:00 ކުރިން، ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެ،

ރަޖިސްޓްރޭޝަން ފީ؛ 

ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/200ރ (ދުއިސައްތަ ރުފިޔާ) އަށެވެ. 

 *އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ސްލިޕް ވައިބަރ ކުރާއިރު، ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ.

*  - އެކައުންޓް ނަންބަރު: 7730000135156

- އެކައުންޓް ނަން: 1430 Revenue 1

- ވައިބާރ ނަންބަރު: 9331604

 

-އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 09 މާރިޗު 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން ލިޔުމުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 09 މާރިޗު 2026 ވަނަ ދުވަހުގެ 11:00 ށް 

އެހެނިހެން ކަންކަން؛ 

  • ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައެވެ. 
  • ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. 
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.  ބިޑާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

09 ރަމަޟާން 1447

26 ފެބުރުވަރީ 2026