ޢާންމު މަޢުލޫމާތު
ނަންބަރު: TTAM/IUL/141/2026/001
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:32
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ 2026
މި އެސޯސިއޭޝަންގެ 2026 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ، 28 މާރިޗު 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މި އެސޯސިއޭޝަންގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ. މިޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ޙައްޤު ލިބިދޭނީ ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން 10 މާޗް 2026 ވާ އަންގާރަ ދުވަހު 14:00 ގެ ނިޔަލަށް މިއަހަރުގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ. އަހަރީ ޢާންމު ޖަލްސާގެ އެޖެންޑާ،ތަނާއި އަދި ވަގުތު ފަހުގެ ތާރީޙެއްގައި އިޢުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ ހެންދުނު 10:00 ން 18:00 ށް މިއެސޯސިއޭޝަންގެ ހޮޓްލައިން 9794014 ނުވަތަ 10:00 އާއި 16:00 އާއި ދެމެދު 7778722 ނަންބަރަށް ގުޅުއްވުން ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
26 ފެބުރުވަރީ 2026