ޢާންމު މަޢުލޫމާތު
ނަންބަރު: 518-A/2026/2
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:16
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓަށް ހާޟިރުވުމަށް އަންގާ އިއުލާންކުރުން

ގދ.ފިޔޯރީ، ސްކޫލްދޮށުގެ، އިބްރާހީމް ރަޝީދު (ދރއ ކާޑު ނަންބަރު: A097826) އަކީ މިކޯޓަށް ހުށަހެޅާފައިވާ ނަންބަރު: 12/B3C/2025 ޤަޟިއްޔާގެ ދަށުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މިކޯޓަށް ހާޟިރުކުރަން ބޭނުންވެ، ހާޟިރުކުރެވިފައި ނުވާ ފަރާތަކެވެ.

ވީމާ، 05 މާރިޗް 2026 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް މި ކޯޓަށް ހާޟިރުވުމަށް ގދ.ފިޔޯރީ، ސްކޫލްދޮށުގެ، އިބްރާހީމް ރަޝީދަށް އަންގަމެވެ. މި ތާރީޚަށް އިބްރާހީމް ރަޝީދު ހާޟިރުނުވެއްޖެނަމަ، އިބްރާހީމް ރަޝީދުގެ ޣައިރު ހާޟިރުގައި މި މައްސަލަ ހިންގައި ނިންމާނެ ކަމުގައި ވެސް ގދ.ފިޔޯރީ، ސްކޫލްދޮށުގެ، އިބްރާހީމް ރަޝީދަށް އަންގަމެވެ.

09 ރަމަޟާން 1447
26 ފެބުރުވަރީ 2026

26 ފެބުރުވަރީ 2026