ކުއްޔަށް ހިފުން
ނަންބަރު: GS-91/IUL/2015/14
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 16 ޑިސެންބަރު 2015 11:00
ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާގުޅޭ

މި މަދަރުސާއަށް ގެއެއް ކުއްޔަށް ހިފުމާގުޅޭ

1 ޖަނަވަރީ 2016 އިން ފެށިގެން 31 ޑިސެންބަރު 2016 އަށް މި މަދަރުސާގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި މަދުވެގެން 2 ކޮޓަރިއާއި އެޓޭޗް ފާޚާނާ، ސިޓިންގރޫމް، ބަދިގެ އަދި ކާގެ ހިމެނޭގޮތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދެންނެވިފަދަ ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީއާއި، ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

26 ޞަފަރު 1437

08 ޑިސެންބަރު 2015