ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/2015/178
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:06
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ލިކުއިޑޭޓަރުންގެ ދަފްތަރު ޤާއިމުކުރުން

ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން ލިކުއިޑޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ދަފްތަރެއް ޤާއިމުކޮށް، އެފަރާތްތަކާބެހޭ މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރުމަށް ގަސްދުކުރަމެވެ. މިއީ، ދަފްތަރުގައި ނަން ހިމަނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، ވޮލަންޓަރީކޮށް ބައިވެރިވުމަށް ހުޅުވާލެވޭ ދަފްތަރެކެވެ.

ވީމާ، ލިކުއިޑޭޓަރެއްގެ ހައިސިއްޔަތުން މިހާރު ކުންފުނިތައް އުވާލުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، އަލަށް މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިއިޢުލާނާއެކު ޝާއިޢުކޮށްފައިވާ ޑިކްލަރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ލިކުއިޑޭޓަރުންގެ ދަފްތަރުގައި ހިމެނުމަށް ހުށަހަޅާ މަޢުލޫމާތު ލިބޭތާ 7 ދުވަހުގެ ތެރޭގައި، އެފަރާތްތަކުގެ ތަފުސީލު މިމިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިނިސްޓްރީގެ ނަންބަރު 3193 333 އަށް ގުޅުއްވުން އެދެމެވެ.

‏24‏ ޞަފަރު‏ 1437

06 ޑިސެންބަރު 2015