ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407-ESM/407/2026/3
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:59
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ނަންބަރ. (IUL)407-ESM/407/2025/52 އިޢުލާނުން މިރަށުގައި ވިޔަފާރި ތަރައްޤީކޮށް ހިންގުމަށްޓަކައި ބިޑް އުޞޫލުން ދޫކުރުމަށް އިޢުލާންކުރެވުނު 12 ބިމަށް ބިޑްރަޖިސްޓްރީކުރުމާއި ބެހޭ

 

                               އިޢުލާން 

            މިކައުންސިލްގެ ނަންބަރ. (IUL)407-ESM/407/2025/52 އިޢުލާނުން މިރަށުގައި ވިޔަފާރި ތަރައްޤީކޮށް ހިންގުމަށްޓަކައި ބިޑް އުޞޫލުން ދޫކުރުމަށް އިޢުލާންކުރެވުނު 12 ބިމަށް ބިޑްރަޖިސްޓްރީކުރުމުގެ މުއްދަތުގެ ތެރޭގައި ޤާނޫނު ނަންބަރ. 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 16 ވަނަ އިޞްލާޙާއި ގުޅިގެން  ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައި ހުންނަ މިފަދަ ބިންތައް ކުއްޔަށް ދޫކުރުމާއި، ދިނުން ހުއްޓާލުމަށް އެންގެވުމާއި ގުޅިގެން މި ދެންނެވި 12 ބިމަށް އެދުނު ފަރާތްތަކުގެ ބިޑްތައް ބަލައިގަތުން މަޑުޖައްސާ މިކަމަށް ނަގަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތްކުރުމުގައި ގިނަ ދުވަސްތަކެއް ވޭތުވެފައިވާތީ ޤާނޫނަށް ގެނެވުނު އިސްލާޙާއި ގުޅިގެން ބައެއްފަރާތްތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތު ހަނި ވެފައިވާތީ ގިނަ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށްޓަކައި މިކައުންސިލުން ކުރެވުނު ނަންބަރ. (IUL)407-ESM/407/2025/52 އިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އަދި މި ބާޠިލްކުރި އިޢުލާނާއި ގުޅިގެން މިކައުންސިލަށް ބިޑްރަޖިސްޓްރީ ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން ދައްކާފައިވާ ފައިސާ އެފަރާތަކުގެ އެކައުންޓަށް ޖަމާކުރުމަށް ފަހު ސްލިޕް ފޮނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

 

 

    

 

 

25 ފެބުރުވަރީ 2026