ބީލަން
ނަންބަރު: (IUL)364-ESMS/364/2026/10
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 08 މާރިޗު 2026 23:59
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ސަމާހަތު އަދި މަސްޖިދުލް ނަޞްރު ގައި އޮންގްރިޑް ސޯލާޕެނަލް ސަޕްލައި ކޮށްދީ އިންސްޓޯލްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މ.މުލަކު މަސްޖިދުލް ސަމާހަތުގައި 10 ކިލޯވޯޓު އަދި މަސްޖިދުލް ނަޞްރު ގައި 10 ކިލޯވޯޓުގެ (އޮންގްރިޑް 3 ފޭސް) ސޯލާ ޕެނަލް ސަޕްލައިކޮށްދީ އިންސްޓޯލްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 25 ފެބްރުއަރީ 2026 އިން 08 މާރިޗު 2026 ، 23:59ގެ ނިޔަލަށް, ތިރީގައިވާ ލިންކު މެދުވެރިކޮށް، "ބިޑު ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރެއްވުން އެދެމެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ކޮންމެ ފަރާތަކުންވެސް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީކުރުމަށް އެދޭ ފަރާތަކުން ތިރީގައިވާ އެކައުންޓް ނަމްބަރަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު [email protected]  މެއިލްއަށް ރަސީދު ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

ފައިސާ ޓްރާންސްފަރކުރާއިރު ރިމާކްސްގައި ލިޔުއްވާނީ: Solar installing for Masjidhul Nasru & Masjidhul Samaahath

އެކައުންޓް ނަމްބަރު: 7709700388001

އެކައުންޓް ނަން:  1411 Revenue 01

  • ·        ބިޑު ރަޖިސްޓަރީ ފޯމް ލިންކް:

 https://forms.office.com/r/CYLZbb5SRE?origin=lprLink

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

10 މާރިޗު 2026ގެ  13:00  މުލަކު ކައުންސިލު އިދާރާގެ ޖަލްސާކުރާ މާލަމް

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔަންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.   އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި ބިޑަށް ހުޅުވާލެވިފައި ވަނީ، ދިވެހި ރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 2014/18 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުކުރުމަށް ބޭނުންވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ފޯނު:  6723711 / 6723713

އިމެއިލް: [email protected]

 

25 ފެބުރުވަރީ 2026