މަސައްކަތް
ނަންބަރު: (IUL)391/391/2026/23
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 23:06
ސުންގަޑި: 05 މާރިޗު 2026 13:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށީ ބަނދަރު ސަރަހައްދުގައި 20 މޫޓު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

                        ނަންބަރު: 391/391/2026/23(IUL)

އިޢުލާނު

 

ތިމަރަފުށީ ބަނދަރު ސަރަހައްދުގައި 20 މޫޓު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

ކޮޅުމަޑުލު ތިމަރަފުށީ ބަނދަރުސަރަހައްދުގައި، މި ކައުންސިލުންދޭ މައުލޫމާތާއި އިރުޝާދާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި 20 މޫޓު ޖަހައިދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ޕްރީބިޑް މީޓިން؛ 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ލިޔުމުން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ. މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަންއޮންނާނީ 01 މާރިޗު ވާ އާދީއްތަ ދުވަހުގެ 13:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 12:59 ގެ ކުރިން

ބީލަން ކެނޑުން؛ 

ބީލަން ކެނޑުމުގެ ސުންގަޑިއަކީ 05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގ 13:00 ގައި

އެހެނިހެން ކަންކަން؛ 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  • ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.
  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

24 ފެބުރުވަރީ 2026