ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: 391/391/2026/22(IUL)
ތ. ތިމަރަފުށީ މަސްޖިދުލް ބާޤިޔާތުއްޞާލިޙާތުގެ މަރާމާތަށް ބޭނުންވާ ޑީޓެއިލްޑް ޑްރޮވިންގ އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
ތ. ތިމަރަފުށީ މަސްޖިދުލް ބާޤިޔާތުއްޞާލިޙާތު ޒަމާނީ ފެންވަރަށް މަރާމާތުކުރުމަށްޓަކައި ބޭނުންވާ ޑީޓެއިލްޑް ޑްރޮވިންގ އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތުގެ ޑީޓެއިލްޑް ޑްރޮވިންގްތަކާއި ބީ.އޯ.ކިއު ތައްޔާރުކުރަންވާނީ، މި އިޢުލާނާއެކު އާންމުކޮށްފައިވާ އިނިޝިއަލް ކޮންސެޕްޓް ޑިޒައިނާއި ފްލޯ ޕްލޭންގެ އިތުރުން، މިސްކިތުގެ މިހާރުގެ ހާލަތު ބަޔާންކޮށް އެޓޭޗްކުރެވިފައިވާ ކޮންޑިޝަން ރިޕޯޓަށް ރިޢާޔަތްކޮށެވެ. މަސައްކަތަށް ހޮވޭ ފަރާތަކުން، މި އިދާރާއިން ބޭނުންވާ އިޞްލާޙުތައް ޑިޒައިނަށް ގެނެސް، ކައުންސިލުން ޑިޒައިން ފައިނަލްކުރަންދެން ބޭނުންވާ ބަދަލުތައް ގެނެސްދޭންވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މަސައްކަތުގެ އަގާއި ޑިޒައިން ނިންމޭނެ ތާރީޚެއް އެނގޭނެފަދަ ލިޔުމެއް މެއިލް ކޮއްދެއްވުން އެދެމެވެ.
އީމެއިލް ކުރާނީ [email protected] އަށެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780676 ނުވަތަ 9805010 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.