ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2025/17
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:12
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ތަރައްޤީކޮށްފައިވާ ޖިމްގެ ޚިދުމަތް ފެށުމާއި ގުޅޭ:

އިޢުލާން

2026 ފެބުރުވަރީ 26 ވަނަ ދުވަހުން ފެށިގެން، ދ.ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ތަރައްޤީ ކޮށްފައިވާ ޖިމްގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޖިމްގެ ޚިދުމަތް ބޭނުންވެލައްވާ ފަރާތްތަކުން 2026 ފެބުރުވަރީ 24 ވަނަ ދުވަހުން ފެށިގެން މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ޖިމްގެ އިދާރީ އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި، އިދާރީ އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަމަޟާން މަހު ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހަކު 16:00 އިން 18:00 އަށް ކުޑަހުވަދޫ ފިޓްނަސް ސެންޓަރުންނެވެ. އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ފޯމު ކުޑަހުވަދޫ ފިޓްނަސް ސެންޓަރުންނާއި، ކައުންސިލް އިދާރާގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ. އަދި ދަންނަވަމެވެ. މި އިޢުލާނާއެކު ކުޑަހުވަދޫ ފިޓްނަސް ސެންޓަރ (ޖިމް) ގެ އުޞޫލު އެޓޭޗް ކުރެވިފައިވާނެއެވެ.

 ކުޑަހުވަދޫ ފިޓްނަސް ސެންޓަރ (ޖިމް) ގެ ޚިދުމަތް ފެށުމުން، 2026 ފެބުރުވަރީ 28 ވަނަ ދުވަހުގެ 23:59 އިން ފެށިގެން، ދ.ކުޑަހުވަދޫ ފަންނު އެކުވެނި (މަލްޓިޕާޕަސް އިމާރާތް) ގައި ހިންގަމުންދާ ޖިމްގެ ޚިދުމަތްދިނުން ހުއްޓާލާނެ ވާހަކަ ދަންނަވަމެވެ. އަދި މިހާރު ފަންނު އެކުވެނީގައި ހުރި ޖިމް ބޭނުންކުރައްވާ ފަރާތްތަކުންވެސް ކުޑަހުވަދޫ ފިޓްނަސް ސެންޓަރ ގެ ޚިދުމަތް ބޭނުންވެލައްވާނަމަ އަލުން ފޯމު ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

 

24 ފެބުރުވަރީ 2026