ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/I/2026/24
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 05 މާރިޗު 2026 12:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އޮޑިޓަރ - ހޯލް އޮފް ގަވަރމަންޓް އެންޑް އިންފޮމޭޝަން ސިސްޓަމް އޮޑިޓް

 

ސީނިއަރ އޮޑިޓަރ

މަޤާމު

އޮޑިޓަރ ޖެނެރަލްގެ އޮފީސް  

މަސައްކަތް ކުރަންޖެހޭތަން  

1

ބޭނުންވާ ޢަދަދު

ހޯލް އޮފް ގަވަރމަންޓް އެންޑް އިންފޮމޭޝަން ސިސްޓަމް އޮޑިޓް

ޑިޕާޓްމަންޓް

-/16,225ރ.

އަސާސީ މުސާރަ

-/7,575ރ.

މަޤާމުގެ އެލަވަންސް

-/205ރ. (ހާޒިރުވާ ދުވަހަކަށް)

ހާޒިރީ ޢިނާޔަތް

-/250ރ.

ފޯނު އެލަވަންސް

  1. އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނޯޓް: އިންފޮމޭޝަން ސިސްޓަމް އޮޑިޓް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އަސާސީ ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

އެހެނިހެން ޝަރުތު

  1. އައި.ޓީ އޮޑިޓުގައި ބަލާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޖެނެރަލް ކޮންޓްރޯލްސް (އައި.ޓީ.ޖީ.ސީ) އާއި އެސް.އޭ.ޕީ/ އީ.އާރް.ޕީ ގެ އޮޑިޓް ކޮންޓްރޯލްތަކާއި، ސެކިއުރިޓީ އާއި، ބިޒްނަސް ޓްރާންސްފޯމޭޝަން/ ސިސްޓަމް އިންޓެގްރޭޝަންތަކާއި އީ-ކޮމާސް ވޯކްފްލޯތަކާއި އައި.ޓީ އެޕްލިކޭޝަންތަކުގެ ބިޒްނަސް ކޮންޓްރޯލްތަކުގެ ރިސްކް އެސެސްމެންޓްތަކާއި އޮޑިޓް ޓެސްޓް ޕްރޮސީޖާސްތައް ހެދުން.
  2. އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ކުރުމަށް އޮޑިޓް ޕްލޭން ތައްޔާރުކުރުމާއި، އޮޑިޓް ޕްލޭން ރިވިއުކުރުމާއި، އެ ޕްލޭން އާއި އެއްގޮތަށް އޮޑިޓް މަސައްކަތް ކުރިއަށްގެންދިއުން.
  3. އޮޑިޓްކުރެވޭ މުއައްސަސާތަކުގެ އިންފޮމޭޝަން ސެކިއުރިޓީ ޕްރޮގްރާމްތަކުގައި އެކުލެވޭ ޕޮލިސީތަކާއި ޕްރޮސީޖަރތައް ހުރީ އިންޑަސްޓްރީގެ ބެސްޓް ޕްރެކްޓިސްތަކާއި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ތޯ އިވޭލުއޭޓްކުރުން.
  4. އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓް އެސެސްމެންޓްތައް ކޯޑިނޭޓް ކުރުން. މިގޮތުން، އޮޑިޓް މަސައްކަތްތައް ރާވާ ބަލާ ނެގޭ މައްސަލަތަކާ އެ މައްސަލަތައް އިސްލާހުކުރަން ލަފާދިންގޮތަށް މުއައްސަސާތަކުން ޢަމަލުކުރަމުންދޭތޯ ޓްރެކް ކުރުން.
  5. އޮޑިޓްކުރެވޭ މުއައްސަސާތަކުގައި ގެންގުޅޭ ސައިބަރ ސެކިއުރިޓީ އެގްޒާމިނޭޝަން ޓޫލްތައް ބޭނުންކޮށްގެން އެތަންތަނުގައި ގެންގުޅޭ އިންފޮމޭޝަންތައް ހުރީ ޤަބޫލުކުރެވޭ ވަރަށް ރައްކާތެރިކޮށްކަން ބެލުން.
  6. އައި.ޓީ ސޮލިއުޝަންތަކާއި ސިސްޓަމްތަކާއި ކޮންފިގަރޭޝަންތަކާއި ޔޫސަރ އެކްސެސް ކޮންޓްރޯލްތަކާއި ސެޓިންގތައް ހުރީ މުއައްސަސާގައި ގެންގުޅޭ ޕޮލިސީތަކާއި ގައިޑްލައިންތަކާއި އެއްގޮތަށްތޯ އޮޑިޓުގެ ތެރެއިން ކަށަވަރުކުރުން.
  7. ބިޒްނަސް ކޮންޓިނުއިޓީ އަދި އިންސިޑެންޓް ރެސްޕޮންސް ޕްލޭންތައް ހުރީ މުއައްސަސާގައި ގެންގުޅޭ ޕޮލިސީތަކާއި ގައިޑްލައިންތަކާއި އެއްގޮތަށްތޯ އޮޑިޓުކުރުމުގައި ކަށަވަރުކުރުން.
  8. އޮޑިޓްގެ މަރުހަލާތަކުގައި ގެންގުޅޭ ތަފްސީލް މަސައްކަތު ކަރުދާސްތައް އަދި ރިޕޯޓުތައް ފަދަ ތަކެތި ތައްޔާރުކުރުމުގައި ޞައްޙަ ކަމާއި ލޮޖިކަލީ ސައުންޑް ކަމަށް ސަމާލުކަން ދިނުމާއި އެކު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް ރިޢާޔަތްކޮށް މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުން. 
  9. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ތާރީޚްތަކަށް މަސައްކަތްކޮށް ނިންމުމުގެ ގޮތުންނާއި، އެތާރީޚްތަކަށް އޮޑިޓް ރިޕޯޓު ޝާއިޢުކުރުމުގެ ގޮތުން އޮޑިޓަރާއި ހަވާލުކުރެވޭ އޮޑިޓެއްގެ ބައިތަކުގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުން.
  10. އޮޑިޓް ޕްލޭން އެކުލަވާލުމާއި، ޓީމުގައި ހިމެނޭ ޖޫނިއަރ ސްޓާފުންނާ މަސައްކަތް ހަވާލުކުރުމާއި، ހަވާލުކުރެވޭ މަސައްކަތްތައް އޮޑިޓް ކުރުމުގެ ބައިނަލް އަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކުރެވެމުންދޭތޯ ބެލުމާއި، އޮޑިޓް ޕްލޭން ފާސްކުރުމަށް އޮޑިޓް މެނޭޖަރަށް ހުށަހެޅުން.
  11. އިންފޮމޭޝަން ސިސްޓަމް އޮޑިޓް ރިޕޯޓްތައް އެކުލަވާލުމާއި، އޮޑިޓް ރިޕޯޓް އޮޑިޓް މެނޭޖަރަށް ހުށަހެޅުން.
  12. ސީނިއަރ އޮޑިޓަރުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ބަލައިލަހައްޓައި އިރުޝާދު ދިނުމާއި، މަސައްކަތުގެ ޕްރޮސީޖާސް އެކުލަވައިލުމުގައި ޓީމުގެ މެންބަރުންނަށް ފަންނީ އެހީތެރިކަމާއި ލަފާދިނުން.
  13. އޮޑިޓްގެ މަސައްކަތް ކުރިއަށްދާ މިންވަރުބަލައި، އެ އޮޑިޓަކާ ގުޅޭގޮތުން އޮޑިޓުކުރުމަށް ސީނިއަރ އޮޑިޓަރާ ހަވާލުކޮށްފައިވާ އޮޑިޓުގެ ބައިތަކުގެ މަސައްކަތަށް ހޭދަވާ ވަގުތު ބަލައި، އެވަގުތުތައް، ފާސްކޮށްފައިވާ އޮޑިޓް ޕްލޭނުގައި ހިމެނޭ ވަގުތުތަކާއި އަޅާކިއުން.
  14. އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭ ލިޔެކިޔުންތައް، އެ މައްސަލަތަކަށް ބާރުލިއްބައިދޭނެ މިންވަރަށާއި އެއްވެސް އޮޅުމެއްނާރާނެ މިންވަރަށް އެކުލަވާލުން. އޮޑިޓްގެ މަސައްކަތު ކަރުދާސްތައް “TeamMate”ގައި ރައްކާކުރެވޭނެ މިންވަރަށް އެޕްރޮގުރާމަށް އަހުލުވެރިވުމާއި ޖޫނިއަރ ކުދިން ކޮށްފައިވާ މަސައްކަތް މި ސިސްޓަމުން ރިވިއުކުރުން.
  15. އެހެނިހެން ޑޭޓާ އެނަލިޓިކްސް ސޮފްޓްވެއަރތައް ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުން.
  16. މީގެ އިތުރުންވެސް ސުޕަވައިޒަރުން ހަވާލުކުރާ މަސައްކަތްތައް ކުރުން.

މައިގަނޑު މަސްއޫލިއްޔަތުތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

  1. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
  2. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެހެނިހެން

05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348273،3348200  ނަންބަރު  ފޯނަށެވެ.

24 ފެބުރުވަރީ 2026