މަސައްކަތް
ނަންބަރު: 198-E/2015/128
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 15 ޑިސެންބަރު 2015 12:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ފާޚާނާއެއް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޖަސްޓިސް ބިލްޑިންގގެ ގޯތިތެރޭގައި ހުރި ފާޚާނާއެއް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު: E/2015/103-ފ198 (09 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެވޭތީ މި މަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.

މި މަސައްކަތުގެ މަޢުލޫމާތުޝީޓާއި މަސައްކަތާގުޅޭ އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ 15 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 17 ޑިސެންބަރު 2015

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:30

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

24 ޞަފަރު 1437 

06 ޑިސެންބަރު 2015