ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)492-PS/492/2026/25
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 05 މާރިޗު 2026 11:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓް، ޖެނެރަލް ހޯލްޑިންގ އޭރިއާ، ފާޚާނާ، އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތުކުރުން

   މި މިނިސްޓްރީގެ ދަށުން ހިންގާ އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓް، ޖެނެރަލް ހޯލްޑިންގ އޭރިއާ، ފާޚާނާ، އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2026/17 އިޢުލާނާ ގުޅިގެން ހުށަހަޅައިފައިވާ އަންދާސީ ހިސާބު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވުމުން، މި މަސައްކަތަށް އަލުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުން

05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ސްޓަރ ކްލައުޑްސް ބިލްޑިންގގެ 5 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ

 

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

24 ފެބުރުވަރީ 2026