ދިވެހިރާއްޖެ
ކައުންސިލަށް 8 ސީޓުގެ ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)268/2026/1 އަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީވެ، ކައުންސިލަށް 8 ސީޓުގެ ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެއްހީރާސްކޮށްފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ތިރީގައިވާ ލިންކުން ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
|
ބިޑްރަޖިސްޓްރީކުރާ އޮންލައިންފޯމުގެ ލިންކް ތިރީގައި އެވަނީ
ބިޑްރަޖިސްޓްރީކުރެވޭނޭ އެންމެފަހުގެ ތާރީހް: 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް |
|
ބިޑް ހުށަހެޅުން ތަން: ކައުންސިލްގެ އިދާރާގައި ތާރީޚް: 18 މާރިޗު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް |
ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، އަދި ތަޖުރިބާއަށް 10 ޕޮއިންޓެވެ. ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ ސަރުކާރު
އިދާރާތަކަށް އެއްގަމު އުޅަނދު ސަޕްލައިކޮށްދީފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. އެގޮތުން ކޮންމެ ޕްރޮޖެކްޓަކަށް 2 ޕޮއިންޓްގެ އުސޫލުން އެންމެގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ.
މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމު ކުރީމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.