މަސައްކަތް
ނަންބަރު: GS66/IUL/2015/58
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 16 ޑިސެންބަރު 2015 13:30
ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމާބެހޭ

2016 ވަނަ އަހަރު މި ސްކޫލަށް ބޭނުންވާ ސްޕޯޓްސް ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS66/IUL/2015/55ފ(16 ނޮވެންބަރު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

ތާރީޚާއި ގަޑި: 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 13:30

ތަން:       ތޮއްޑޫ ސްކޫލް 

ތާރީޚާއި ގަޑި: 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:30

ތަން:       ތޮއްޑޫ ސްކޫލް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަންބަރު ފޯނާއެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015