ދިވެހިރާއްޖެ
މި ސްކޫލުގެ ނަންބަރު GS68/2015/19ފ(24 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބު ބޮޑުކަމަށްފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި ސްކޫލުގެ 2 ފާޚާނާ ހެދުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 14 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އަގު ހުށަހެޅުއްވުމަށްޓަކައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއެކު ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
25 ޞަފަރު 1437