ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/33
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 03 މާރިޗު 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ މާރކެޓިންގ އޮފިސަރ

މަޤާމް :ސީނިއަރ މާރކެޓިންގ އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ މާރކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

31

މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,793.19 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މާކެޓިންގ ޙަރަކާތްތަކަށް ބޭނުންވާ އެކި ކޮންޓެންޓް ތައްޔާރުކުރުމުގައި ބިނާކުރަނިވި ޚިޔާލުތައް ދިނުމާއި ކްރިއޭޓިވް އައިޑިއާ ކޮންޓެންޓްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން
  • ބަދަލުވަމުންދާ ޓްރެންޑާއެއްގޮތަށް، މާކޭޓިންގ ޕްލޭންތައް އިވެލުއޭޓްކޮށް ތައްޔާރު ކުރުން
  • މާކެޓިންގ ޑިޕާރޓްމަންޓްގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ރިޕޯޓް ތައްޔާރު ކުރުމާއި މިކަންތައްތައް މާކެޓިންގ ޕްލޭނާ އެއްގޮތަށް ސްޕަވައިޒަރ ގެ ލަފާގެ މަތިން ކުރުން
  • މާކެޓިންގ ޑިޕާރޓްމަންޓް ގެ މަގްސަދުތައް ކަނޑައެޅުމާއި، މާކެޓިންގ ޕްލޭން އަދި ސްޓެރެޓެޖީ އިވެލުއޭޓްކޮށް އެސްޓާބްލިޝް ކުރުމުގައި އެހީތެރިވުން
  • ޔުނިވަރސިޓީ މާކެޓިންގ ޑިޕާރޓްމަންޓް އިން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން
  • ބައްދަލުވުން ތަކުގައި މަޝްވާރާ ކުރެވޭ ކަންތައްތައް ފޮލޯއަޕް ހެދުމާއި އެކަންތައްތައް މޮނީޓަރކޮށް އޭގެ މައްޗަށް ބިނާކޮށް ކުއާޓަރލީ ރިޕޯޓްތައް ތައްޔާރުކުރުން ހެދުން
  • ޓާގެޓްތައް ޙާޞިލްކޮށް، މަސައްކަތުގެ ނަތީޖާ އަވަސްކޮށް، މާކެޓިންގ ޓީމް އާ ގުޅިގެން މަސައްކަތްތަކަށް ޕްރޯއެކްޓިވްކޮށް ކޮންޓްރިބިއުޓް ކުރުން
  • މާކެޓިންގ ކޮންޓެންޓް އުފެއްދުމުގައި ޒަމާނީ ކަންކަމަށް ރިއާޔަތް ކޮށް ސްޕްވައިޒަރ ގެ ލަފާގެމަތިން ތައްޔާރު ކުރުން  
  • ކަނޑައެޅޭ ވަކި އުޞޫލަކުން ޔުނިވަރސިޓީއާއި ބެހޭ ޕްރޮމޯޝަނަލް މަޢުލޫމާތު ފެތުރުމަށް ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި ޤަވާއިދުން މަސައްކަތް ކުރުން
  • ތަފާތު ބާވަތްތަކުގެ މީޑިއާއާއި އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއެކު ޔުނިވަރސިޓީ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރުން
  • ޔުނިވަރސިޓީގެ ޕްރޮމޯޝަނަށް ހަދަންޖެހޭ އިޝްތިހާރު ތަކުގެ ކޮންސެޕްޓް ސްޕވައިޒަގެ ލަފާގެ މަތިން މަޝްވަރާކޮށް ކަނޑައަޅާ ހެއްދުވުމަށް ފަހު މީޑިއާތަކުގައި ޕްރޮމޯޓް ކުރުން
  • ކްރިއޭޓިވް ޓީމް އަދި މާކެޓިންގ ޓީމާއެކު ބްރެއިންސްޓޯމްކޮށް ތަފާތު ޚިޔާލުތައް ހޯދައި ސެކްޝަނުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުނ
  • ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތަށް ޕްރޮމޯޓް ކުރުން
  • ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޯދުމަށް ކުރާމަސައްކަތްތައް މުޅި އަހަރުތެރޭގައި ސިސްޓަމެޓިކް ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމުގައި ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް، ސްޕަވައިޒަރ ގެ ލަފާގެ މަތިން މޮނިޓަރ ކުރުން
  • ޔުނިވަރސިޓީގެ ވެބްސައިޓަކީ އެންމެފަހުގެ މަޢުލޫމާތާއި، ޚަބަރު ގެނެސްދޭ ސައިޓަކަށް ހެދުމާއި ޔުނިވަރސިޓީ ހިންގާ ހަރާކަތްތައް ވެބްސައިޓުގައި ގަވާއިދުން ޝާއިއުކުރުމާއި ގްރެފިކްސް މަސައްކަތް ކުރުން
  • ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން  އަދި ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓާ އަޕްޑޭޓްކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 މާރިޗު 03 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2026-33

  

ނޯޓް:

 

  • މިމަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ މަރކެޓިންގ، މަލްޓިމީޑިއާ އަދި ކޮމިޔުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މިދާއިރާތަކެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.

  

24 ފެބުރުވަރީ 2026