ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-PMU/1/2026/11
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:39
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ސްރީލަންކާ އެކްސްޕޯ 18-21 ޖޫން 2026

ސްރީލަންކާ އެކްސްޕޯ 18-21 ޖޫން 2026

ސްރީލަންކާގެ ކޮލޮމްބޯގައި މި އަހަރު ޖޫން މަހުގެ 18 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާ އެކްސްޕޯ 2026 ގައި ބައިވެރިވުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ސްރީލަންކާގެ ސަރުކާރުން ވަނީ މި މިނިސްޓްރީ އަށް ހިއްސާކުރަށްވާފައެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލްގައި އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ބޭއްވޭ މި މައުރަޒުގައި، ޓޫރިޒަމް، ދަނޑުވެރިކަމާއި ކާބޯތަކެތި، އަދި  ހުދުމަތްތަކާއި ގުޅުން ހުރި ދާއިރާތައް ދައްކުވައިދޭނެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ލިބިލައްވާ ޕެކޭޖްތަކުގެ މައުލޫމާތު، ސްރީލަންކާ ސަރުކާރުން ވަނީ ހިއްސާކުރައްވާފައެވެ. އަދި މިޕެކޭޖްތަކުގެ ތަފްސީލު މި އިއުލާނުގެ އެޓޭޗްމަންޓްގައި ހިމެނިފައިވާނެއެވެ.

މި މައުރަޒާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުނަމަ، މި މިނިސްޓްރީގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މި މައުރަޒާއި ގުޅޭ އިތުރު މައުލޫމާތު މައުރަޒުގެ ވެބްސައިޓް www.srilankaexpo.lk އިން ލިބޭނެ ވާހަކަ ދެންނެވީމެވެ. 

 

‏06‏ ރަމަޟާން‏ 1447

‏23‏ ފެބްރުއަރީ‏ 2026

23 ފެބުރުވަރީ 2026