ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2026/45
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 26 ފެބުރުވަރީ 2026 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންމަފުށީ މަގުބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކުރުމާއިގުޅޭ - އިވެލުއޭޝަން ޢާއްމުކުރުން

އިޢުލާން

 

           މިއިދާރާގެ ނަންބަރު (IUL)335-AS/335/2026/23 (30 ޖަނަވަރީ 2026) އިޢުލާނާއި ގުޅިގެން ހިންމަފުށީ މަގުބައްތިތަކާއި ބަނދަރު ބައްތިތައް އަދި ކައުންސިލްގެ އެންމެހައި އިމާރާތްތަކެއްގެ ލައިޓްތަކާއި އޭސީތައް މަރާމާތުކޮށް 2 އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ އިވެލުއޭޝަން ޝީޓް މި އިޢުލާނާއެކު އާއްމުކުރީމެވެ. ޝާއިޢު ކުރެވިފައިވާ އިވެލުއޭޝަން ޝީޓް އާއިމެދު ޝަކުވާ އެއް އޮތްނަމަ 26 ފެބްރުއަރީ 2026 ގެ 14:00 ގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް ހުށަހަޅަންވާނެއެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ: 6642024 ފޯނަށެވެ.

23 ފެބުރުވަރީ 2026