ދިވެހިރާއްޖެ
ފުޓްވެއާރ އެންޑް ލެދާ ފެއާރ 27 ފެބްރުއަރީ – 2 މާޗު 2026
ސްރީލަންކާގެ ކޮލޮމްބޯގައި މި މަހު 27 އިން 2 މާޗު 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްވެއާރ އެންޑް ލެދާ ފެއާރ 2026 ގައި ބައިވެރިވުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ސްރީލަންކާގެ ސަރުކާރުން ވަނީ މި މިނިސްޓްރީ އަށް ހިއްސާކުރަށްވާފައެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލްގައި އެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ބޭއްވޭ މި މައުރަޒުގައި، ފައިވާނު، ބޫޓު، ލެދާ ގެ އުފެއްދުންތައް، މެޝިނަރީ އަދި އުފެއްދުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ގުޅުންހުރި ހިދުމަތްތައް ދައްކުވައިދޭނެއެވެ.
މި މައުރަޒާއި ގުޅޭ އިތުރު މައުލޫމާތު މައުރަޒުގެ ވެބްސައިޓް (ww.srilankafootwear.com) އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
06 ރަމަޟާން 1447
23 ފެބްރުއަރީ 2026