ބީލަން
ނަންބަރު: (IUL)252/252/2026/39
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 28 ފެބުރުވަރީ 2026 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޤުރުއާން މުބާރާތް 1447 ވަނަ އަހަރުގެ ޤުރްއާންމުބާރާތަށް ބޭނުންވާ ފަނޑިޔާރުން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

 

ކައުންސިލް ޤުރުއާން މުބާރާތް 1447 ވަނަ އަހަރުގެ ޤުރްއާންމުބާރާތަށް ބޭނުންވާ ފަނޑިޔާރުން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

                    މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލް ޤުރުއާން މުބާރާތް 1447 ވަނަ އަހަރުގެ ޤުރްއާންމުބާރާތަށް ބޭނުންވާ ފަނޑިޔާރުން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                   ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއިބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ޤުރްއާން ކޯސް އަދި ޤުރްއާން ކްލާސް ހިންގާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ޤުރްއާން ކޯސް އަދި ޤުރްއާން ކްލާސް ހިންގާ ފަރާތްތަކަށެވެ.

                   އަންދާސީ ހިސާބު ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓްރޭޝަން ފޯމް:

https://docs.google.com/forms/d/e/1FAIpQLSfddpa7NFtXKw8YNyP92anPOCD9jpMEuJ0evWikSNAVHRiMyA/viewform?usp=publish-editor

 

ބީލަން ރަޖިސްޓްރީ ކުރުން

28 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 13:00 ގެކުރިން

މައުލޫމާތު ދިނުމުގެ ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައިނުވޭ

ޕްރޮޕޯޒަލް ބަލައިގަތުން

02 މާރިޗް 2026 ވަނަ ދުވަހުގެ 13:00 ގެކުރިން

ޕްރޮޕޯޒަލްތައް ހުޅުވުން

02 މާރިޗް 2026 ވަނަ ދުވަހުގެ 13:05 ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

                   ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބީލަން ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500353/6500354 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ފެބުރުވަރީ 2026