ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާގައި ނޯޓިސްބޯޑު ހެދުމަށް ބޭނުންވެއްޖެ:
ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ވަށާފާރުކައިރީގައި ނޯޓިސްބޯޑެއް ހެދުމަށް ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 14 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުއެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުންވެސް އޮންނާނީ ދެންނެވިފައިވާ ތާރީޚުގައި 13:30 ގައި ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ކޮންފަރެންސްރޫމުގައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު އައި.ޑީ. ކާޑު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި ހާޒިރުވާނަމަ އަންނަ ފަރާތުގެ އައި.ޑީ ކާޑާއި އަދި ފޮނުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއެކު ސިޓީ ގެންނަވަންވާނެއެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:
މަސައްކަތުގެ އަގު: %90
މަސައްކަތުގެ މުއްދަތު: %5
ލިބިފައިވާ ތަޖުރިބާ: %5
26 ޞަފަރު 1437