ބީލަން
ނަންބަރު: (IUL)408-CA/408/2026/12
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 08 މާރިޗު 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިއުލާން

ފަހާކޯހުގެ 2 ވަނަބެޗްހިންގައިދޭނެފަރާތެއްހޮވުން:

 

މި ކައުންސިލުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަޢުލީމާއި، ހުނަރު އިތުރު ކޮށްދިނުމުގެ ގޮތުން 2025ވަނަ އަހަރުގެ މޭ މަހުގައި ހިންގި ފަހާ ކޯހުގެ 2ވަނަ ބެޗް ހިންގަައިދޭނެ ފަރާތެއް ހޮވުމަށް 4 ޖަނަވަރީ 2026ގައި ކުރެވުނު މި އިދާރާގެ ނަންބަރު  (IUL)408-CA/408/2026/1އިއުލާނަށް އިޖާބަދީ އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކަށްވެފައި އެފަރާތުން ހުށަހެޅި އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އަންދާސީ ހިސާބު ބާތިލްކޮށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި

8 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

ބީލަން ހުޅުވުން

8 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 13:05 ގައި

ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

 

އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑިތަކުގައި މި އިދާރާގެ ނަންބަރު 6820007 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި ކައުންސިލް މެންބަރު ނާޝިދާ ޙަނީފް މޯބައިލް ނަންބަރު 7246674 އަށް ގުޅުއްވުމުންވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

05 ރަމަޟާން 1447

22 ފެބުރުވަރީ 2026

22 ފެބުރުވަރީ 2026