ކުއްޔަށް ދިނުން
ނަންބަރު: (IUL)325-ES/325/2026/14
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 03 މާރިޗު 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައު އެޅުމުގެ މަސައްކަތަށް ވަގުތީ ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

ރަށުގެ ތުނޑީމަގު އާރޯ ޕްލާންޓް ބިލްޑިންގްގެ އިރުމަތީ ގުދަންތަކުގެ އުތުރަށް އޮންނަ ހުސްބިމުގައި ގައު އެޅުމަށް 1200 އަކަފޫޓުގެ ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލުން ހުޅުވާލަމެވެ. މިގޮތުން 04 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

              މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 17 ޖުލައި 2026 ގެ ނިޔަލަށެވެ. އަދި މިބިމުގެ ކުއްޔަކީ އަކަފޫޓަކަށް މަހަކު 0.25 ލާރިއެވެ. މިކަމަށް ކުރިމަތިލެވޭނީ ބ.ގޮއިދޫގެ ރަށްވެހިންނަށް އެކަންޏެވެ. މި ބިންތަކަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 4 އަކަށްވުރެ އިތުރުވާނަމަ ތިރީގައި ކަނޑައަޅާފައިވާ ޕޮއިންޓް ދިނުމުގެ އުޞޫލުގެ ދަށުން މާރކްސް ދެވޭނެއެވެ.

  • މިހާރުވެސް ގައު އެޅުމުގެ މަސައްކަތް ކުރަމުންދާނަމަ 10 ޕޮއިންޓް. ( މިބައި ކަށަވަރުކުރާނީ ކައުންސިލުން އިންސްޕްކެޓްކުރުމަށްފަހުގައެވެ. )
  • ގައު އެޅުމުގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތެއް ނަމަ ނުވަތަ ހަމައެކަނި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތެއްނަމަ 20 ޕޮއިންޓް. ( މި ބައިން މާރކްސް ދެވޭނީ ކުންފުނި ނުވަތަ އަމިއްލަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ މުއްދަތަށް ބަލާ އެންމެ ދިގު މުއްދަތަކަށް ފުލްމާރކްސް ދެވޭ އުޞޫލަށް )
  • ޖުމަލް 30 ޕޮއިންޓް

               ވީމާ، މި ބިން ކުންޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން 03 މާރޗް 2026 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން މި ކަމަށް އެދި ސިޓީ  ހުށަހެޅުންއެދެމެވެ. އަދި ސިޓީއާއިއެކު ކުންފުނި ނުވަތަ އަމިއްލަ ވިޔަފާރި ރަސްޖިސްޓްރީ ކޮޕީ، އަމިއްލަ ފާރާތުގެ އައިޑީކާޑް ކޮޕީ، ކުންފުނި ނުވަތަ ހުށަހަޅާ ވިޔަފާރީގެ ނަމުގައި ކޮއްފައިވާ މަސައްކަތް އަންގައިދޭ ރަސްމީ ފަރާތްތަކުގެ ލިޔުން ހުށަހެޅުންއެދެމެވެ.                         

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :          6600005

          އީ . މެއިލް :          [email protected]

        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 ފެބުރުވަރީ 2026