މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/76
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 14 ޑިސެންބަރު 2015 10:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
'ޕްރޮޕްސް' ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

2016 ވަނަ އަހަރު ޖަރުމަނުވިލާތުގެ ބާރލިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޓީ.ބީ ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ހުށަހަޅައިދޭ ދިވެހި ޘަޤާފީ ހުށަހެޅުންތަކުގައި ބޭނުންކުރާ "ޕްރޮޕްސް" ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 14 ވާ ހޯމަ ދުވަހުގެ 10:30 އަަށް މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދެންނެވީމެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015