ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)387/387/2026/9
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި:
26 ފެބުރުވަރީ 2026 10:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ނަންބަރު (2010/7) ގެ 107 ވަނަ މާއްދާގައި ބަޔާންކުރާ ފެބުރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުމާއި 107 ވަނަ މާއްދާގެ އެކެއްގެ " ށ " އަދި " ނ " ލާޒިމުކުރާ ހަތަރު ބައްދަލުވުގެ ތެރެއިން ކޮންމެ ހަތަރު މަހުން އެއް މަހު ބޭއްވުމަށް ލާޒިމުކުރާ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން 26 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.
06 ރަމޟާން 1447
23 ފެބުރުވަރީ 2026