މުބާރާތް
ނަންބަރު: (IUL)303-EDMS/303/2026/4
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 07 މާރިޗު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދަހަ މުބާރާތް ބޭއްވުމާއި ގުޅޭ

ނަންބަރު:(IUL)303-EDMS/303/2026/4 

އިޢުލާން

 

މަދަހަ މުބާރާތް ބޭއްވުމާއި ގުޅޭ:

                          އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށްގެން އުނގޫފާރުގައި ރަށްވެހިވެފައިވާ ދެޖިންސަށް އަމާޒުކޮށް މަދަހަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޭޕްރީލް 9 ވާ ބުރާސްފަތި ދުވަހުގައެވެ. މި މުބާރާތް ބޭއްވުމުގެ ކުރިން މުބާރާތުގެ ބައިވެރިންނަށް ހާއްސަކޮށްގެން މަދަހަ ޓްރެއިނިންގ ޕްރޮގުރާމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ޓްރެއިނިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗްމަހުގެ ފުރަތަމަ ހަފްތާތެރޭގައެވެ.

ޢުމުރު ފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ 07 މާރޗް 2026 ވާ ހޮނިހިރު ދުވަހުގެ 13:00 އެވެ.

ބައިވެރި ވެވޭ އުމުރުފުރާތަކަކީ:

އިންފިރާދީ

ü     ޕްރީސްކޫލް އުމުރުފުރާ

ü     އެފް އެސް ސްޓޭޖް

ü     ކީ ސްޓޭޖް 1 ، 2، 3 އަދި 4

ü     16 އަހަރާއި 25 އަހަރާ ދެމެދު

ü     25 އަހަރާއި 35 އަހަރާއި ދެމެދު

ü     35 އަހަރުން މަތި

ގްރޫޕް

ü     ކީސްޓޭޖްތަކުގެ ގްރޫޕް މަދަހަ

ü     16 އަހަރުން މަތީގެ ގްރޫޕްތައް (16 އަހަރުން މަތީގެ ފަރުދުން ހިމެނޭ ގްރޫޕްތައް)

 މުބާތާރުގައި ވަކިވަކިން މަދަހަ ހުށަހެޅުމާއި، ގްރޫޕު މަދަހަގައި ކޮންމެ ޢުމުރު ފުރާއަކަށްވެސް އަދި މުބާރާތުގެ ބައިވެރިއަކަށްވިޔަސް ބައިވެރިވެ ހުށަހެޅިދާނެއެވެ.

                 ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 މާރޗް 2026 ވާ ހޮނިހިރު ދުވަހުގެ 13:00 ކުރިން ތިރީގައިވާ ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.

ގްރޫޕް މަދަހަ ލިންކް: https://forms.gle/NraEu5kGDCq7scwG7

އިންފިރާދީ މަދަހަ ލިންކް: https://forms.gle/oVy6uBZ1rYakQYpaA

            އިތުރުމަޢުލޫމާތު ހޯދުމަށް 9128117 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

22 ފެބުރުވަރީ 2026