ދެންނެވުން
ނަންބަރު: IL/2026/14289
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި:
18 މާރިޗު 2026 23:59
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީގެ ނަންބަރު: IL/2026/14223 (12 ފެބުރުވަރީ 2026 ) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހަައިގައި ސަރުކާރު ބަންދުވުމާ ގުޅިގެން، ޢާންމުންނަށާއި ބޭންކުތަކަށް ޚިދުމަތް ދިނުމަށް ތިރީގައި މިވާ ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް މި އޮތޯރިޓީ ހުޅުވާފައި ހުންނާނެ ކަމުގައި ދަންނަވަމެވެ.
- 11 މާރިޗު 2026
- 18 މާރިޗު 2026
އަދި، މި ދުވަސްތަކުގައި ބޭންކިންގ ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގަޑިތަކުގައެވެ.
- ·ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން މެންދުރު 12:00 އަށް.
- ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 09:30 އިން މެންދުރު 12:00 އަށް.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ފެބުރުވަރީ 2026