ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2026/011
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 16 މާރިޗު 2026 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ހ. ވަނަ އަހަރުގެ ފިޠުރު ޒަކާތް ނެގުން

1447ހ. ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސަރކިއުލަރ ނަންބަރު 496/B2/CIR/2026/1 (28 ޖަނަވަރީ 2026) އިން އޮންލައިން ޕްލެޓްފޯމްތަކުންނެވެ. ކައުންސިލްތަކުގެ އެކައުންޓަތަކަށް ޓުރާސްފަރކޮށްގެން ފިތުރު ޒަކާތް ބަލައިގަތުމަކީ އެދެވިގެންވާ ކަމެއް ނޫންކަމުގައި   މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.

ވީމާ މި ޕޯޓަލްތަކުން ފިޠުރު ޒަކާތް ދައްކަން އުދަގޫވެލައްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮއްދެވުމުގެ ގޮތުން 1447 ރަމަޟާން 05ވަނަ ދުވަހުން (މިއަދު) ފެށިގެން 1447 ރަމަޟާން 27 ވަނަ ދުވަހުގެ 12:00އަށް ހެލްޕް ޑެސްކެއް ކައުންސިލްގައި ޤާއިމްކުރެވިފައި ވާނެއެވެ.

ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީހަކަށް 2.4 ކިލޯ މިންވަރަށްވާ ފައިސާ އިންނެވެ. އޮންލައިންކޮށް ފައިސާ ދެއްކުމަށް ތިރީގައިވާ މުއައްސަސާ ތަކުގެ ޕޯޓަލްއަށް ފައިސާ ޖަމާކުރެއްވުން އެދެމެވެ.

އިދާރާ / މުއައްސަސާ

ސުންގަޑިތައް

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

އުރީދޫ

28 ރަމަޟާން 1447 ގެ ހެނދުނު 06:00

މޯލްޑިވްސް އިސްލާމިކު ބޭންކު (އެމް.އައި.ބީ)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

ބޭންކް އޮފް މީލްޑިވްސް (ބީ.އެމް.އެލް)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

ފަހިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

އަވަސް އެޕް

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

ބަޑޭރިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

 

ފިޠުރު ޒަކާތް ނެރޭނީ ގޮވާމުގެ ބާވަތްތަކުގެ ރޭޓުގެ ގޮތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ރޭޓުތަކުންނެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތަފުސީލު ތިރީގައި އެ ވަނީއެވެ.

 

 

 

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދަދު

ގޮވާމުގެ ބާވަތް

ފައިސާގެ އަދަދު

އާދައިގެ ހަނޑޫ

12ރ

ތައިލެންޑް ހުދު ހަނޑޫ

53ރ

ރަތް ހަނޑޫ

96ރ

ބާސްމަތީ ހަނޑޫ (އާދައިގެ)

77ރ

ބާސްމަތީ ހަނޑޫ (މޮޅު)

109ރ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

136ރ

އާދައިގެ ފުށް

10ރ

އާޓާ ފުށް

75ރ

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ފެބުރުވަރީ 2026