ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 244 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 18 ރަޖަބު 1447 ، 07 ޖެނުއަރީ 2026 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 31 ޑިސެމްބަރ 2025 އިން 06 ޖެނުއަރީ 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން
- 2026 ވަނަ އަހަރުގެ ކައުންސިލުގެ ބަޖެޓް ފާސްކުރުން
- 20 ޖެނުއަރީ 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ކައުންސިލުގެ ވޮލީމުބާރާތުގެ ޤަވާޢިދު އިސްލާޙް ކުރުން
- 4 ވަނަ ދައުރުގެ 2026/01/4/244/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 31 ޑިސެމްބަރ 2025 އިން 06 ޖެނުއަރީ 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- 2026 ވަނަ އަހަރުގެ ކައުންސިލުގެ ބަޖެޓް ފާސްކުރުމުގެ މި މައްސަލަ އާއި ގުޅިގެން ބަޖެޓަށް މެމްބަރުން މަޝްވަރާ ކުރެއްވީ ވަކިވަކިން ޚިޔާލު ހުށަހެޅުއްވުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލުންނެވެ. މިގޮތުން ހުރިހާ މެމްބަރުންވެސް 2026 ވަނަ އަހަރަށް ލަފާކޮށް ކައުންސިލު އިދާރާއިން ތައްޔާރުކޮށް ކައުންސިލަށް ހުށަހަޅުއްވާފައިވާ ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ހިނގާނެ ކަމަށް ލަފާކުރާ ޚަރަދުގެ މި ބަޖެޓްގެ ކޯޑްތަކަށް ކަނޑަ އަޅުއްވާފައިވާ ޢަދަދު ތަކަށް މެމްބަރުން ވަރަށް ބޮޑަށް ޚިޔާލު ފާޅުކުރައްވާ މަޝްވަރާ ކުރެއްވިއެވެ. އަދި ބައެއް ކޯޑް ތަކުގެ ޢަދަދުތައް އިސްލާޙް ކުރެއްވުމާ އެކު، ހުރިހާ މެމްބަރުންގެ އިއްތިފާގުން 12093040.73 ރުފިޔާ ( ބާރަ މިލިއަން ނުވަދިހަ ތިންހާސް ސާޅީސް ރުފިޔާ ހަތްދިހަ ތިން ލާރި ) މި ބަޖެޓް އެއްވެސް އުނި އިތުރެއްނެތި ފާސް ކުރެއްވިއެވެ. މި ބަޖެޓްގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 10879440.73 ރުފިޔާ ކަނޑައެޅިފައިވާ އިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 1213600.00 ރުފިޔާ ކަނޑައެޅިފައި ވެއެވެ.
- 20 ޖެނުއަރީ 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ކައުންސިލުގެ ވޮލީމުބާރާތުގެ ޤަވާޢިދު އިސްލާޙް ކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ޤަވާޢިދަށް ގެންނެވުމަށް މެމްބަރުންނަށް ފެނިވަޑައިގަންނަވާ އިސްލާޙުތަކާއެކު 20 ޖެނުއަރީ 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ކައުންސިލުގެ ވޮލީމުބާރާތުގެ ޤަވާޢިދު މެމްބަރުންގެ އިއްތިފާގުން ފާސް ކުރެއްވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2026/01/4/244/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 244 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
|
ވިހެއުމާގުޅިގެން ޗުއްޓީގައި |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|