ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/AS/2015/032
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 16 ޑިސެންބަރު 2015 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައި.ޕީ ކެމެރާ ގަންނަން

އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މި ކުންފުންޏަށް އަންދާސީހިސާބު ބޭނުންވެގެން 24 ނޮވެންބަރު 2015ގައި ކުރެވުނު އިޢުލާނުގެ ތިރީގައިވާ ސެކްޝަނަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން އެސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާންކުރަމެވެ.

ސެކްޝަން 03 – އައި.ޕީ ކެމެރާ

ވީމާ، މިކަމަށް ކުރިމަތިލަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 16 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 22 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

10 ޑިސެންބަރު 2015